ޚަބަރު
20 އެޕްރީލް، 2009

ދިވެހިރާއްޖޭއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކުގެ ފުރިހަމަ ބޭނުން ރައްޔިތުންނަށް ހިފޭނީ ދިވެހިރާއްޖޭގެ ދާޚިލީ ޤާނޫނީ އޮނިގަނޑުގެ ތެރެއަށް އެ މުޢާހަދާތައް ވައްދައިގެން ކަމުގައިވާތީ، އެ މުޢާހަދާތައް ދިވެހިރާއްޖޭގެ ދާޚިލީ އޮނުގަނޑަގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރުމަށް އެޓަރނީ ޖެނެރަލްގެ އޮފީހުން ވަނީ މަސައްކަތް ފަށާފައެވެ.

މިގޮތުން، ފުތަރަމަ ފިޔަވަހީގައި ކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖެއިން ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާގުޅޭ މުޢާހަދާތަކަށް ދިވެހިރާއްޖޭގެ ދާޚިލީ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ޤާނޫނީ ބާރު ލިބިދިނުމުގެ މަސައްކަތެވެ. އެ މުޢާހަދާތަކަކީ:

* "ކޮންވެންޝަން އޮން ދި އެލިމިނޭޝަން އޮފް އޯލް ފޯމްސް އޮފް ޑިސްކްރިމިނޭޝަން އަގެއިންސްޓް ވިމެން" (ސިޑޯ) އާއި، އެމުޢާހަދާއާގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލް

* "ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ޗައިލްޑް" (ސީއާރްސީ) އާއި، އެ މުޢާހަދާއާގުޅޭ އެއް އޮޕްޝަނަލް ޕްރޮޓޮކޯލް ކަމުގައިވާ "އޮޕްޝަނަލް ޕްރޮޓޮކޯލް އޮން ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން ދަ ސޭލް އޮފް ޗިލްޑްރެން، ޗައިލްޑް ޕްރޮސްޓިޓިއުޝަން އެންޑް ޗައިލްޑް ޕޯނޮގްރަފީ"

* "އިންޓަނޭޝަނަލް ކަވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް" އާއި، އެމުޢާހަދާއާގުޅޭ އެއް އޮޕްޝަނަލް ޕްރޮޓޮކޯލް

* "އިންޓަނޭޝަނަލް ކަވެނަންޓް އޮން އިކޮނޮމިކް، ސޯޝަލް އެންޑް ކަލްޗަރަލް ރައިޓްސް"

* "ކޮންވެންޝަން އޮން ދަ ރައިޓސް އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް" އާއި އެ މުޢާހަދާއާގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލް

* "ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ އެންޑް އަދަރ ކްރުއަލް، އިންހިއުމަން އެންޑް ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" (ކެޓް) އާއި، އެމުޢާހަދާއާގުޅޭ އޮޕްޝަނަލް ޕްރޮޓޮކޯލް

މިދެންނެވި މުޢާހަދާތައް ދިވެހި ބަހަށް ތަރުޖަމާކުރުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާއި ހިއުމަން ރައިޓްސް ކޮމިޝަން ގުޅިގެން ކުރަމުންދާ ކަމުގައި ދަންނަވަމެވެ.

އިޢުލާނު
16 ޖޫން، 2010
އެޓަރނީ ޖެނެރަލްގެ އޮފީހަށް ޑެޕިޔުޓީ ސްޓޭޓް އެޓަރނީން ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
01 ޖޫން، 2010
އެޓަރނީ ޖެނެރަލްގެ އޮފީހަށް އެޑްމިނިސްޓްރޭޓިވް އޮފިސަރ ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
20 މެއި، 2010
އެޓަރނީ ޖެނެރަލްގެ އޮފީހަށް ސްޓޭޓް އެޓަރނީން ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
21 އެޕްރީލް، 2010
އެޓަރނީ ޖެނެރަލްގެ އޮފީހަށް ޑެޕިޔުޓީ ސްޓޭޓް އެޓަރނީން ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
14 އެޕްރީލް، 2010
އެޓަރނީ ޖެނެރަލްގެ އޮފީހަށް ޑެޕިޔުޓީ ސްޓޭޓް އެޓަރނީން ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
24 ފެބްރުއަރީ، 2010
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަދިނުމުގެ އުސޫލު އިޞްލާޙުކުރައްވައިފި އިތުރަށް ވިދާޅުވޭ
31 ޑިސެމްބަރ، 2009
އެޓަރނީ ޖެނެރަލްގެ އޮފީހަށް ސްޓޭޓް އެޓަރނީން ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
24 ޑިސެމްބަރ، 2009
އެޓަރނީ ޖެނެރަލްގެ އޮފީހަށް ޑެޕިޔުޓީ ސްޓޭޓް ކައުންސެލް އަދި ޑެޕިޔުޓީ ސްޓޭޓް އެޓަރނީން ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
02 ނޮވެމްބަރ، 2009
އެޓަރނީ ޖެނެރަލްގެ އޮފީހަށް ޑެޕިޔުޓީ ސްޓޭޓް އެޓަރނީން ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
02 ނޮވެމްބަރ، 2009
އެޓަރނީ ޖެނެރަލްގެ އޮފީހަށް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ހޯދުމާބެހޭ އިތުރަށް ވިދާޅުވޭ
ޑައުންލޯޑް
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (21 ޖުލައި 2009 ގައި އިސްލާޙުކުރެވުނު)
ލެޖިސްލޭޓިވް އެޖެންޑާ 2009
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަދިނުމުގެ އުޞޫލު - 23 ފެބަރުއަރީ 2010 ގައި އިސްލާހުކުރެވުނު
ޖުވެނައިލް ޖަސްޓިސް ޔުނިޓަށް ބޭނުންވާ ޕްރޮޖެކްޓް މެނޭޖަރާއި ޑެޕިޔުޓީ ޕްރޮޖެކްޓް މެނޭޖަރުގެ މަސައްކަތުގެ ދާއިރާއާބެހޭ އިތުރު މަޢުލޫމާތާއި މަޤާމުގެ މަސްއޫލިއްޔަތުތައް ހިމެނޭ ޓަރމްސް އޮފް ރިފަރެންސް
ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރާނޭ މައިގަނޑު ސިޔާސަތުތައް
ޤާނޫނުއަސާސީގެ ފާސްކުރެވިފައިވާ މާއްދާތަކާ ބެހޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީހަށް ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް އެކުލަވާލާފައިވާ ރިޕޯޓް