22 އޭޕްރީލް 2009 ވީ ބުދަ ދުވަހުގެ ރޭގެ 8:00 ގެ ޚަބަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީގެ މަޤާމުގައި ހުންނެވި އަލްފާޟިލް މުޙަންމަދު ޒުހައިރު، ދިވެހިރާއްޖޭގެ ޤައުމީ ޓީވީ މެދުވެރިކުރައްވައި، ބަންޑާރަނައިބަށް ޙަވާލާދެއްވައި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ޕްރޮވިންސްތަކަށް ބައިކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފާފުޅަކަށް އެދިވަޑައިގެން ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލަ އަނބުރާނުގެންނަވައިފިނަމަ، ބަންޑާރަނައިބު މަޤާމުން ވަކިކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން އިޝާރާތްކުރެއްވި ކަމުގައި ބަންޑާރަނައިބު ވިދާޅުވި ވިދާޅުވުމަކީ، ބަންޑާރަނައިބު ހެއްދެވި އިތުރުފުޅެއްކަމަށް، ވިދާޅުވި ވިދާޅުވުމާ ގުޅޭގޮތުން ދަންނަވަމެވެ.
ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އުފައްދާފައިވާ މަޤާމެއް ކަމާއި، ބަންޑާރަނައިބަކީ ޤާނޫނުއަސާސީގެ ދަށުން ދުސްތޫރީ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާ ފަރާތެއްކަމާއި، އަދި ބަންޑާރަނައިބަކީ ބަންޑާރަނައިބުގެ މަޤާމުގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ހުވާކުރައްވައިގެން ހުންނެވި ފަރާތެއް ކަމުގައިވީ ހިނދު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ޒުހައިރު، ބަންޑާރަނައިބަށް ޙަވާލާދެއްވައި ދެއްކެވި ޙަޤީޤަތާ ޚިލާފު ވާހަކަފުޅު ބަންޑާރަނައިބު އަޑުއެއްސެވީ ވަރަށްވެސް ފުން ހިތާމައާއެކު ކަމުގައި ދަންނަވަމެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ޒުހައިރު، ބަންޑާރަނައިބު އިތުރުފުޅު ހެއްދެވިކަމަށް ވިދާޅުވި ވިދާޅުވުމަކީ ކަނޑައެޅިގެން ޙަޤީޤަތާ ޚިލާފު ވާހަކަފުޅެއް ކަމުގައި ދަންނަވައި، މިފަދަ ޢަމަލުތަކަކީ މިއަދު ރާއްޖޭގެ ބައެއް ކަންކަން ހިނގަމުންދާ ގޮތް ރަމްޒުކޮށްދޭ ޢަމަލުތަކެއް ކަމަށް ފެންނާތީ، މިފަދަ ޢަމަލުތަކުން އެއްކިބާވެ ތިއްބެވުމަށް އިލްތިމާސްކުރުމާއެކު، ކަމުގެ ޙަޤީޤަތް ޢާންމުކޮށް އޮޅުންފިލުވައިދިނުމުގެ ގޮތުން މި ނޫސް ބަޔާން ނެރެ، ޢާންމުކުރަމެވެ.
|
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (21 ޖުލައި 2009 ގައި އިސްލާޙުކުރެވުނު) |
|
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަދިނުމުގެ އުޞޫލު - 23 ފެބަރުއަރީ 2010 ގައި އިސްލާހުކުރެވުނު |