ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 157 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމަށް، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަންކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ މެދުގައި، 19 އޯގަސްޓް 2009، ވީ ބުދަ ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާ ތިރީގައި މިވަނީއެވެ.
|
ކެންޑިޑޭޓް ނަންބަރު
|
ކެންޑިޑޭޓް ނަން
|
ލިބުނު ވޯޓު
|
|
1
|
އަލްއުސްތާޛު ޝާހީން ޙަމީދު، ހ. މީނާޒް / މާލެ
|
138
|
|
2
|
އަލްއުސްތާޛު އަޙްމަދު ރަޝީދު، ދަފްތަރު ނަންބަރު 7521 / މާލެ
|
166
|
|
3
|
އަލްއުސްތާޛު އަޙްމަދު ސާވީ، ދަފްތަރު ނަންބަރު 5295 / މާލެ
|
23
|
|
ވޯޓުގެ ތަފްޞީލް
|
ވޯޓުގެ ޢަދަދު
|
|
ބާޠިލު ވޯޓު
|
-
|
|
ޖުމްލަ ވޯޓު
|
327
|
|
ވޯޓު ދިން މީހުންގެ ޢަދަދު
|
327
|
|
ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ޢަދަދު
|
474
|
|
ވޯޓު ދިން މީހުންގެ ޕަސެންޓޭޖް
|
68.99
|
މިނަތީޖާގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ މެންބަރުކަމަށް، އަޙްމަދު ރަޝީދު، ދަފްތަރު ނަންބަރު 7521 / މާލެ ޤާނޫނީ ހަމަތަކުގެ މަތިން ހޮވިއްޖެއެވެ.