18 ނޮވެމްބަރ، 2009
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 12 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ.
މިބޭފުޅުންނަކީ:
1. އަލްއުސްތާޛާ ޢާއިޝަތު ޢަޒުފާ ޢަބްދުލްޣަފޫރު / މއ.ޕެންޒީވިލާ / މާލެ
2. އަލްއުސްތާޛް ޢަރީފް އަޙްމަދު ނަޞީރު / ނަސްފަރު / ބ.ދަރަވަންދޫ
3. އަލްއުސްތާޛް އިސްމާޢީލް ވިޝާމް / މ.ހަނީޑިއު / މާލެ
4. އަލްއުސްތާޛް ފައްޔާޟު ޝާޠިރު / ހަސަންކާރިގެ / ސ.މީދޫ
5. އަލްއުސްތާޛް އިސްމާޢީލް އަޙްމަދު / ކަރަންކާގެ / ފ.ނިލަންދޫ
6. އަލްއުސްތާޛާ އާމިނަތު ރާޔާ ޢަލީ / މއ.މާފަތްވަރު / މާލެ
7. އަލްއުސްތާޛާ މަރްޔަމް ސަހުލާ / ހ.އަސްރަފީވިލާ / މާލެ
8. އަލްއުސްތާޛާ ޢާއިޝަތު މުޙައްމަދު / އިރުދޭމާގެ / ތ.ކިނބިދޫ
9. އަލްއުސްތާޛާ ޢާއިޝަތު ހަނާ ވަޙީދު / މ.ހާޑްރޮކް / މާލެ
10. އަލްއުސްތާޛާ ޢާއިޝަތު ޝިފާލާ / ތަބުލާގެ / ސ.ހިތަދޫ
11. އަލްއުސްތާޛާ ފާޠިމަތު ފަރުހީޒާ / ޒެފެއަރ / ސ.މަރަދޫ
12. އަލްއުސްތާޛާ ފާޠިމަތު ޔުމްނާ / މއ.އޮޅިތެރިގެ / މާލެ
މިކަމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު 13:30 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. މިބޭފުޅުންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ އެޓަރނީ ޖެނެރަލް އަލްއުސްތާޛް ޙުސްނުއްސުޢޫދުގެ ކުރިފުޅުމަތީ، މަދަނީކޯޓްގެ އިސްޤާޟީ އަލްއުސްތާޛް ޢަލީ ސަމީރެވެ.
މި 12 ބޭފުޅުން ހުވާކުރެއްވުމުން މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ ޢަދަދަކީ 486 އެވެ.