03، ޖެނުއަރީ 2010
ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ޤާނޫނީ ވަކީލެއްގެ ހައިޘިއްޔަތުން ވަކާލާތު ކުރުމުގެ ހުއްދަ 3 ބޭފުޅަކަށް މިއަދު ދެއްވައިފިއެވެ.
މިބޭފުޅުންނަކީ:
1. އަލްއުސްތާޛު މުޙައްމަދު މޫސާ / ސިނަމާގެ / ޅ. ނައިފަރު
2. އަލްއުސްތާޛް ޢަބްދުއްސައްތާރު ޢަބްދުލް ޙަމީދު / މޫރިތި / ދ.މާއެނބޫދޫ
3. އަލްއުސްތާޛާ ޢާއިޝަތު މުނީޒާ / މ.ރޭޝަމް / ކ.މާލެ
މިކަމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުފަހު 11:00 ގައި އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. މިބޭފުޅުންނަށް ޤާނޫނީ ވަކީލުކަމުގެ ހުވާ ލައިދެއްވީ އެޓަރނީ ޖެނެރަލް އަލްއުސްތާޛް ޙުސްނުއްސުޢޫދުގެ ކުރިފުޅުމަތީ، ކުޑަކުދިންނާބެހޭ ކޯޓުގެ އިސްޤާޟީ އަލްއުސްތާޛް ޝުޢައިބް ޙުސައިން ޒަކަރިއްޔާއެވެ.
މި 3 ބޭފުޅުން ހުވާކުރެއްވުމުން މިހާތަނަށް ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ދޫކުރެވިފައިވާ ބޭފުޅުންގެ ޢަދަދަކީ 489 އެވެ.