މަދަނީ ކޯޓްގެ ނަންބަރު 2083/MC/2009 ޤަޟިއްޔާގައި ބެއްލެވި ސުރުޚީގައި ދަންނަވާފައިވާ މައްސަލަކަމަށްވާ، ރަޖިސްޓްރީ ނަންބަރު P7657 A0C ވޭވް އެސް ސައިކަލް، މާލޭ ރޯމަސް މާރުކޭޓާ 100 ހާ ފޫޓް ދުރުގައި، ބޮޑުތަކުރުފާނު މަގުގެ އެއްފަރާތުގައި (ޕާރކު ކުރުން ނުވަތަ ބެހެއްޓުން މަނާކަން އަންގައިދޭ އެއްވެސް ނިޝާނެއް ނެތް ތަނެއްގައި) ދުއްވާ އެއްޗިއްސަށާއި، ހިނގާ މީހުންނަށް އުދަގޫނުވާގޮތަށް ބަހައްޓާފައިހުއްޓާ، އެ ސައިކަލްގެ ވެރިފަރާތުގެ އިޛްނަ ނެތީސް އަދި އެފަރާތަށް އެންގުމަކާ ނުލައި، ދައުލަތުގެ މުވައްޒަފުން ބޭނުންކޮށްގެން ފުލުހުންގެ ބަޔަކު އެ އުޅަނދުނަގާ ޕޮލިސް ޓޯޔާޑުގައި ހިފަހައްޓާފައިވާކަމަށްބުނެ، އަދި ސައިކަލް ނެގުމަށް ދިޔަ ޚަރަދު ކަމަށްވާ 350 ރުފިޔާއަކީ ފުލުހުންގެ ޤާނޫނުގެ ދަށުން ފުލުހުންނަށް ލިބިގެންވާ ބާރެއްނޫންކަމަށްބުނެ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ޢަލީ ޝާހްގެ ފަރާތުން ދަޢުވާކުރެއްވި މައްސަލައިގެ ޙުކުމް 31 ޑިސެމްބަރ 2009 ގައި މަދަނީ ކޯޓުން ކުރައްވައިފިއެވެ.
މި ޚަބަރާއެކު މަދަނީ ކޯޓުގެ ނަންބަރު 2083/MC/2009 ޤަޟިއްޔާގެ ޙުކުމް ހިމެނިފައި މިވަނީއެވެ.
|
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޤާނޫނީ ވަކީލަކު އިންތިޚާބުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (21 ޖުލައި 2009 ގައި އިސްލާޙުކުރެވުނު) |
|
ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމުގެ ހުއްދަދިނުމުގެ އުޞޫލު - 23 ފެބަރުއަރީ 2010 ގައި އިސްލާހުކުރެވުނު |